ރީއިންވެންޓް މޯލްޑިވްސް އިން ފިހާރައެއް ހުޅުވައިފި
ޑިސްއިންފެކް ކުރުމުގައި ބޭނުން ކުރާ ގިނަ ސާމާނު ރާއްޖޭގެ ބާޒާރަށް ނެރޭ، ރީއިންވެންޓް މޯލްޑިވްސް އިން ވެލްނެސް މޯލްޑިވްސްގެ ނަމުގައި ރީޓެއިލްކޮށް ތަކެތި ވިއްކުމަށް ހާއްސަ ފިހާރައެއް މިދިޔަ ހުކުރުދުވަހުގެ ރޭ ހުޅުވައިފި އެވެ
އެކި ތަންތަން ސާފުކުރުމުގައި ބޭނުންކުރާ ސެޓިފައިޑް ގިނަ ސާމާނެއް އެ ފިހާރަ އިން ލިބެން ހުރެ އެވެ. ދަނޑުވެރިކަމަށް ބޭނުންވާ ގިނަ ސާމާނައި ވެލްނެސް އާ ގުޅޭ ގިނަ ސާމާނު ވެސް ލިބޭނެ އެވެ
ރީއިންވެންޓުން މީގެ ކުރިން އަންނަނީ ކްލީންޓެކްގެ ނަމުގައި ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކޮށްދޭ ސާވިސް ކުންފުންޏެއް ވެސް ހިންގަމުންނެވެ. އަލަށް ހުޅުވި މި ފިހާރައަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާގައި ޑިސްއިންފެކްޓް ކުރުމަށް ބޭނުންކުރާ ސާމާނު ވިއްކާ ފިހާރައަށް ވާނެވެ
މި ފިހާރަ ހުޅުވުމާ ގުޅިގެން އިޔާ އެންޑް ސޭލް އެއް ވެސް ވަނީ ފަށައިފަ އެވެ. އެގޮތުން އެއް ވަނަ އިނާމަކަށް އައިފޯން 12 މެކްސް ޕްރޯ އެއް، ދެވަނަ އިނާމަކަށް ހައިޑަވޭ ރިސޯޓުގައި ދެ ރޭ ހުރުމުގެ ފުރުސަތު، އަދި ތިން ވަނަ އިނާމަކަށް އަރާމު ހޮލިޑޭގައި ދެ ރޭ ހުރުމުގެ ފުރުސަތު ލިބޭނެ އެވެ. ހަތަރު ވަނަ އިނާމަކަށް އެލްސީޑީ އެޗްޑީ ޓީވީއެއް ލިބޭނެ އެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހުގެ 15 އިން ދެ މަހުގެ ނިޔަލަށެވެ